ޕާކިސްތާންގެ ދެވަނައަށް އެންމެ ބޮޑު މޮބައިލް ކުންފުނި ޓެލެނަރ އެއްބިލިއަން ޑޮލަރަށް ވުރެން ކުދަ އަގެއްގައި ވިއްކާލަން ނިންމައިފިއެވެ. ޓެލެނަރއަކީ ނޯރވޭގެ އިންވެސްޓްމެންޓެކެވެ. ޓެލެނަރ އިން ބުނީ ޕާކިސްތާންގައި އިންވެސްޓް ކުރުން އަގުބޮޑު ވުމާއި އެކަށީގެންވާ ވިޔަފާރި މާހައުލެއް ނެތުމުން އެގައުމުން ބޭރުވާން ނިންމީ ކަމަށެވެ.
ޓެލެނަރ ގަންނާނެ ކަމަށް ބެލެވެނީ ޔޫއޭއީގެ ކުންފުންޏަކުންނެވެ.