ބޯކޮށް ވާރޭވެހި ގުގުރާނޭ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ. ހުދުސަމާލު ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

އެލާޓު ނެރެފައިވަނީ މިރޭ 8:00 އިން ފެށިގެން މިރޭ ދަންވަރު 2:00 އާ ހަމައަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަ ދުވަސްވަރެކެވެ. ވިއްސާރަވެ ވާރޭވެހޭ ދުވަސްވަރު ރާއްޖޭގެ ބައެއް ރަށްރަށަށް ވަނީ ބޮޑެތި ގެއްލުންވެފައެވެ. އެހެން ކަމުން ވިއްސާރަ ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.