އެސްޓީއޯގެ ސްޓާފް ނައިޓް ޑިސެމްބަރ 8 ވަނަދުވަހުގެރޭ ބާއްވައިފިއެވެ. މިހަރަކާތް ބާއްވައިފައިވަނީ ދަރުބާރުގޭގައެވެ.

މިއީ އެސްޓީއޯއިން ބޭއްވި ފުރަތަމަ ސްޓާފް ނައިޓެވެ. އެސްޓީއޯ ސްޓާފް އެވޯޑްސްގެ މައިގަނޑު މަގްސަދަކީ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުން ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެސްޓީއޯ ސްޓާފް އެވޯޑްސް އަކީ ކުންފުނީގެ ކުރިއެރުމަށް ބާރުފޯރުވައިދޭ މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް ހައްޤު ޝަރަފެއް ދިނުމަށް ފާހަގަކުރާ ނައިޓެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެކުންފުނީން ވިދާޅުވީ އެސްޓީއޯގެ ސްޓާފްނައިޓަށް އެ މީހަކު ބޭނުންވާ ސްޓާފެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު އެކުންފުނީގެ ކޮންމެ މުވައްޒަފަކަށް ވެސް އޮނާނޭ ކަމަށެވެ. އެކުންފުނީން ވިދާޅުވީ މި ފުރުސަތު އޮތަސް އެވޯޑްތަކުގެ ޝަރުތުތަކުގެ ގޮތުގައި ބަލާފައިވާ މިންގަނޑުތަކެއްވާ ކަމަށެވެ. އެއީ ނޮމިނޭޓްވާ މުވައްޒަފަކީ 1 ސެޕްޓެމްބަރ 2021 އިން 31 އޮގަސްޓް 2022 އަށް ކުންފުންޏަށް ޚިދުމަތްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނަން ހުށަހަޅާ ތާރީޚުގައި، އެ މުވައްޒަފަކީ، ކުންފުނީގެ ފުލްޓައިމް މުވައްޒަފަކަށް ވާންވާނޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެވޯޑުތަކުގެ މައުލޫމާތު:

ބްރިލިއަންސް އެވޯޑް: މި އެވޯޑު ހާއްސަކުރެވިފައިވަނީ ކަނޑައެޅިފައިވާ މުއްދަތެއްގައި ބައިނަލްއަޤްވާމީ މުބާރާތެއް ނުވަތަ މައުރަޒެއްގައި ދިވެހިރާއްޖެ ތަމްޞީލްކޮށް ގޯލްޑް، ސިލްވަރ ނުވަތަ ބްރޮންޒް މެޑަލް ހާޞިލްކޮށްފައިވާ މުވައްޒަފުންނަށް. މި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލެވުނު މުއްދަތުގައި ޝަރުތުހަމަވާ، އެއްވެސް ނޮމިނޭޝަންއެއް ލިބިފައެއްނުވޭ.

އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑް:

މި އެވޯޑު ހާއްސަކުރެވިފައިވަނީ ކަނޑައެޅިފައިވާ މުއްދަތެއްގައި މަތީ ސާނަވީ އިމްތިހާނުން ޤައުމީ ފެންވަރުގައި 1 ވަނަ ހާސިލްކޮށްފައިވާ، ނުވަތަ މަތީ ސާނަވީ އިމްތިހާނުގެ މާއްދާއަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލްކޮށްފައިވާ ނުވަތަ އެމްކިއުއޭ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ކޯހަކުން 1 ވަަނަ ހާސިލްކޮށްފައިވާ މުވައްޒަފުންނަށް.

އައުޓްސްޓޭންޑިންގ އިނޮވޭޓަރ އެވޯޑް:

މި އެވޯޑު ހާއްސަ ކުރެވިފައިވަނީ މަސައްކަތުގެ ޕްރޮސެސްތައް މިހާރަށްވުރެ އަވަސްކޮށް، އިތުރަށް ހަރުދަނާކޮށް ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އެހެން ލެވެލްއަކަށް ގެނައުމަށް އާ ހިޔާލު ބޭނުންކޮށްގެން އާ އީޖާދެއްކޮށްފައިވާ މުވައްޒަފުންނަށް.

ގޮޓް ދެޓް އެކްސްޓްރާ މައިލް:

މި އެވޯޑު ހާއްސަ ކުރެވިފައިވަނީ ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތުގެ އިތުރުން ކުންފުނީގެ އެކިއެކި ކަންކަމުގައި ނުވަތަ މަސައްކަތްކުރުމަށް އަބަދުވެސް އަމިއްލައަށް އިސްނަގައިގެން އެހީތެރިކަން ފޯރުކޮށްދޭ ލާމަސީލު މުވައްޒަފުންނަށް.

ޓީމް ޕްލޭޔަރ އެވޯޑް:

މި އެވޯޑު ހާއްސަ ކުރެވިފައިވަނީ އެކުގައި މަސައްކަތްކުރާ ޓީމާއި ކުންފުނީގެ އެކި ޓީމުތަކާއި އެކުގައި އޮންނަ މަސައްކަތްކުރުމުގެ ރޫހު އެންމެ ރަނގަޅަށް ދަމަހައްޓާ މުވައްޒަފަކަށް.

ސާރވިސް އެކްސަލަންސް އެވޯޑް:

މި އެވޯޑު ހާއްސަކުރެވިފައިވަނީ ކުންފުނީގެ އެކި ކްލަޔަންޓުން، ސްޓޭކްހޯލްޑަރުން އަދި ސަޕްލަޔަރުންނަށް ޙިދުމަތްދިނުމުގައި އެންމެ ޤާބިލް މުވައްޒަަފަކަށް.

ސޭލްސް ފްރަންޓް ރަނަރ އެވޯޑް: މި އެވޯޑް ހާއްސަ ކުރެވިފައިވަނީ ކުންފުނީގެ ސޭލްސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސޭލްސް ކުރިއަރުވައި ކުންފުނި އެހެން ހަރުފަތަކަށް ގެންދަން މަސައްކަތްކުރާ މުވައްޒަފަކަށް.

ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް:

މި އެވޯޑް ހާއްސަ ކުރެވިފައިވަނީ ސޯޝަލް މީޑިއާ ޕްލެޓް ފޯމްސްތަކުގައި ކުންފުނި ޕްރޮމޯޓްކުރުމުގައި ލާމަސީލު މުވައްޒަފަކަށް.

ހައިޕަރ ހެލްޕާ އެވޯޑް:

މި އެވޯޑް ޙާއްސަ ކުރެވިފައިވަނީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މުޖުތަމަޢުއަށް އެފަރާތުގެ ޢަމަލުން ފައިދާހުރި ކަންތައް ކޮއްދީފައިވާ މުވައްޒަފުންނަށް. މިއެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލެވުނު މުއްދަތުގައި ޝަރުތުހަމަވާ، އެއްވެސް ނޮމިނޭޝަންއެއް ލިބިފައެއްނުވޭ.

ސްޕޯޓްސް ސްޓާރ އެވޯޑް:

މި އެވޯޑް ހާއްސަކުރެވިފައިވަނީ ކުންފުނިން ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ތަފާތު ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ އަދި ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކުޅިވަރު ކުޅޭ މުވައްޒަފަކަށް.

އެމްޕްލޯއީ ޗޮއިސް އެވޯޑް:

މި އެވޯޑް ޚާއްސަ ކުރެވިފައިވަނީ މުވައްޒަފުންގެ ތެރޭގައި ހުރިހާ ގޮތަކުންވެސް މަޤުބޫލުކަމަށް ވޯޓެއްނެގި އެންމެގިނަ ވޯޓް އެ މުވައްޒަފަކަށް ލިބިފައިވާ މުވައްޒަފަކަށް.

އިވެލުއޭޓްކުރުން:

އެވޯޑުތަކަށް މުވައްޒަފުން ނޮމިނޭޓްކުރުން ކުރިއަށް ގެންދެވުނީ ހާއްސަ ޕޯޓަލްއަކުންނެވެ. ނޮމިނޭޝަންއަށް ހުޅުވާލެވުނު މުއްދަތުގައި 598 ނޮމިނޭޝަން ލިބުނު ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

އެވޯޑުތަކަށް ނޮމިނޭޓްވެފައިވާ މުވައްޒަފުންގެ ނަންތައް އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ކަމަށް އެކުލަވާލި ޚާއްސަ ކޮމިޓީއަކުންނެވެ. މި ކޮމިޓީ އެކުލެވިގެންވަނީ 05 މެމްބަރުންގެ މައްޗަށް ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.