ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މަސްވެރީންނަށްހުރި ދަތިތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ފަރެސްމާތޮޑާގައި މަޝްވަރާ ކޮށްފިއެވެ.

މި ހަރަކާތަކީ މިއަހަރުގެ މަސްވެރީންގެ ދުވަހުގެ ޕްރޮގްރާމްތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. މިއަހަރުގެ މަސްވެރީންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ފަރެސްމާތޮޑާގައެވެ. މަސްވެރީންގެ ދުވަހަކޯ ކޮންމެ އަހަރެެއްގެ ޑިސެމްބަރ 10 ވަނަ ދުވަހެވެ.

މިފަހަރު ފާހަގަކުރަނީ ރާއްޖޭގެ ވަަނަ މަސްވެރިންގެ ދުވަހެވެ. އެރަށުގައި ބޭއްވި "މަސްވެރިންގެ ފޯރަމް" ގައި ރާއްޖެގެ އެކި ކަންކޮޅުތަކުގައ ހަރަކާތްތެރިވާ މަސްވެރިންނާއި، އެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ސިނާއަތުގެ ފަންނީ މާހިރުން ބައިވެރިވިއެވެ. "މި ފޯރަމްގައި މަސްވެރިކަމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެ." ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މިފޯރަމިގައި ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ހަސަނާއި އެމިނިސްޓްރީގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.