ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލް އަޤްވާމީ ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ބޭފުޅުންނަށް ފޮނުވަމެވެ.

ރާއްޖޭގައި ކޮރަޕްޝަން މިހާރުވަނީ އާންމުވެފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެެއެވެ. އެނާ ވިދާޅުވެފައިވަނީ ދައުލަތުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް ކޮރަޕްޝަން ވަނީ އަށަގަނެފައި މަަށެވެ.

މިފަދަ ކަަންކަން ނައްތާލައި ގައުމު އިސްލާހު ކުރުމަށްޓަަަކައި ވަނީ ސިޔާސީ ޕާޓީތަކެއް ވެސް އުފައްދާފައެވެ. އެހެންނަމަވެސް ޢުމަރު ވިދާޅުވެފައިވާ ގޮތުގައި "ސިޔާސީ ޕާޓީ ތަކުގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި ހޯދުން،" ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ ކޮރަޕްޝަނުން ދައުލަތް ސަލާމަތް ކުރަންޖެހޭ ކަމަށެވެ. ކޮރަޕްޝަން ގެ "ކެންސަރުން" ދައުލަތް ސަލާމަތް ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާމީހުނަނަށް ކަނޑައަޅާފައިވާ ހުކުމް، ދައުލަތުން ވައްކަން ކުރާމީހުންގެ މައްޗަށް ތަންފީޒު ކުރެވިގެން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ އިސްލާމީ ޝަރީއަތާ ދިމާއަށް ހުރިހާކަމެއް ގެންދަވާނޭ ކަމަށެވެ. އެހެންނަމަވެސް އެއީ އެއްދުވަހުން ވާނޭކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތު އޭނާގެ ބޮލުގައިވެސް އެޅުވުމަށް ވޭތުވެދިޔަ 7 ދެ ސަރުކާރަކުން ކުރެއްވިކަމަށެވެ. އެހެންނަމަވެސް އެކަންވަނީ ނާކާމިޔާބުވެ 'ހުދުވަލުގެ' ހުދުކަން ސާބިތުވެފައި ކަމަށް ވެސް ވިދާޅުވިއެވެ.