ރާއްހޭގައި އާންމުކޮށް ކުރާ ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރެވޭނީ އަވަށްޓެރި ފުލުހުންގެ ފަލްސަފާއާ އެއްގޮތަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ހޯމް މިިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުށްކުރާ މިންވަރު އިޔުރުވެ މުޖުތަމައުގެ އަމާންކަން ގެއްލެމުންދާ ކަމުގެ ޝަކުވާތައް އިތުރުވެފައިވާ މިދަނޑިވަޅުގައި މިނިސްޓަރ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ "ރާއްޖޭގައި އާންމުކޮށް ހިންްގާ ކުށްތައް ވަކީން ޚާއްސަކޮށް މަސްތުވާތެކެތީގެ މައްސަލަ ހައްލުކުރެވޭނީ އަވަށްޓެރި ފުލުހުންގެ ފަލްސަފާއާ އެއްގޮތަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްގެން،" ކަމަށެވެ.

ސަރުކާރުން މިހާރުވެސް ގެންދަވަނީ އެކި ދާއިރާތަކުން ފުލުހުންނަށް ކިޔަވައިދީ ތަމްރީން ކުރަމުންނެވެ. އެގޮތަށް ކުށްތައް މަދު ކުރުމަށް ނުވަތަ ހުއްޓުވުމަށް ކޮމިޔުނިޓީ ޕޮލިސިންގެ ޕްރިިންސިޕަލްތަކާ އެއްގޮތަށް ފުލުހުން ތަމްރީން ކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.