އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑެ ކަރަށް ފައިން އަރައި އޭނާ މަރާލި ކުރީގެ ފުލުހަކަށް ތިން އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވައިފި އެވެ. އޮކްޓޯބަރު މަހު މިނިއަޕޮލިސްގެ ކުރީގެ ފުލުހެއް ކަމަށްވާ ޖޭ އެލެގްޒެންޑަރ ކުއެންގް ވަނީ ގަސްތުގައި މީހަކު މަރާލުމަށް އެހީތެރިވެދިނުމުގެ ދެވަނަ ދަރަޖައިގެ ކުށަށް އިއުތިރާފުވެފައެވެ.
އޭނާ ކުރިން ވެސް ފްލޮއިޑްގެ މަދަނީ ހައްގުތަކާ ހިލާފުވުމުގެ ކުށުގައި ފެޑެރަލް ހުކުމެއް ތަންފީޒު ކުރަމުން ދިޔައެވެ. މި ޙުކުމާއެކު ސްޓޭޓް އަދި ފެޑެރަލް ހުކުމްތައް އެއްފަހަރާ އޭނާ ތަންފީޒު ކުރާނެ އެވެ.