އާޖެންޓީނާ އާއި ނެދަލޭންޑްސް ކުއާޓާފައިނަލުގައި ރޭ ބައްދަލު ކުރި މެޗަކީ ވަރލްޑް ކަޕުގެ ތާރިހުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެއްމެޗެވެ. މެޗުގައި ދެއްކި 14 ރީނދޫ ކާޑާއި 1 ރަތްކާޑަކީ ވަރލްޑް ކަޕް ތާރިހުގައިވެސް ރެކޯޑެކެވެ. މިވަރުން މެޗުގެ ހޫނުކަން އިހްސާސް ކޮށްލެވެއެވެ.

އާޖެންޓީނާ އާއި ނެދަލޭންޑްސް ވަރލްޑް ކަޕުގައި ވާދަކުރާ މެޗުތަކީ އަބަދުވެސް ފޯރިގަދަ މެޗުތަކެވެ. މިފަހަރު އިތުރަށް މިފޯރި ގަދަވެގެންދިޔައީ މެޗުގެ ކުރިން ނެދަލޭންޑްސްގެ ކޯޗް ލުއީ ވެންހާލް އާއި އެގައުމުގެ ކުރީގެ ތަރިން އާޖެންޓީނާ އާއި އެގައުމުގެ ސްޕަރ ސްޓަރ ލިއޮަނަލް މެސީއަށް ނިސްބަތްކޮށް ރައްދު ކުރި އިހްތިރާމް ކުޑަ ބަސްތަކުގެ ސަބަބުންނެވެ.

މެޗަށްފަހު މެސީ ނެދަލޭންޑްސް ބެންޗް ދޮށުގައި ދައްކާލި "ސެލްބްރޭޝަން". ފޮޓޯ: އޭއެފްޕީ

މެސީ އާއި އާޖެންޓީނާއަށް މެޗުގެ ކުރިން ނެދަލޭންޑްސްއިން ރައްދު ކުރި ބައެއް ބަސްތައް:

1. ވެންހާލް (ނެދަލޭންޑްސް ކޯޗް): އަހަންނަށް ގަބޫލް ކުރެވެނީ އަހަރެމެން ދެކެ އާޖެންޓީނާ ޖެހިލުންވާހެން. އަހަރެމެން މެސީ ހުއްޓުވާނަން. އަހަންނަށް ހީވަނީ ޕެނަލްޓީއަށް ގޮސްފިނަމަ އެޑްވާންޓޭޗް އޮތީ އަހަރެމެންނަށްހެން"

2. މާކޯ ވެންބާސްޓަން (ނެދަލޭންޑްސްގެ ކުރީގެ ތަރިއެއް): މެސީއަކީ ލީޑަރެއް ނޫން. އޭނާގެ އެއްވެސް ޝަހްސިއްޔަތެއް ނެތް. މެސީއާ ދެކޮޅަށް ކުޅޭނަމަ މާނައަކީ، މިިކުޅެވެނީ 10 ކުޅުންތެރިންނާ ދެކޮޅަށޭ"

3. ވެންޑަވާޓް (ނެދަލޭންޑްސްގެ ކުރީގެ ތަރިއެއް): މިހާރު ފެންނަން މިހުރި މެސީ ހުއްޓުވޭނެ"

4. އެންޑްރިސް ނޮއްޕާޓް (ނެދަލޭންޑްސް ގައުމީ ޓީމުގެ މިހާރުގެ އެއްނަންބަރު ކީޕަރު): ގޯލަށް އަމާޒުކޮށް މެސީ ފޮނުވާލާ ކޮންމެ ބޯޅައެއް ހުއްޓުވާނަން"

ނެދަލޭންޑްސްގެ ކީޕަރު ނޮއްޕާޓް: ފޮޓޯ: ގެޓީ އިމޭޖަސް

ޕެނަލްޓީ ޖަހައިގެން 4-3 އިން އާޖެންޓީނާ މޮޅުވުމާއެކު، އާޖެންޓީނާ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ހަނގުރާމައަކުން ކާމިޔާބު ލިބިގެން އުޅުނުފަދަ މަންޒަރުތަކެކެވެ. ވަކިން ހާއްސަކޮށް ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުންނެވެ. މެޗަށްފަހު ނެދަލޭންޑްސްގެ ބެންޗް ދޮށަށް ގޮސް މެސީގެ "ފްރަސްޓްރޭޝަން ގަނޑު ފިލުވާލީ" ކޯޗް ވެންހާލްއަށެވެ. ދުވެލާފައި ގޮސް ބެންޗް ދޮށަށް ހުއްޓި މެސީ ދައްކާލި "ސެލެބްރޭޝަން" މުޅި ސޯޝިއަލް މީޑިޔާގައި އޮތީ ވައިގައި ހިފާފައެވެ.

މެސީގެ ސެލެބްރޭޝަން އާއި ކީޕަރު މާޓިނޭޒް، ވެންހާލަށް ދިން ރައްދު:

https://www.google.com/search?q=messi+vs+van+gaal&rlz=1C1GCEU_enMV972MV972&sxsrf=ALiCzsa8jNbqZtsmn-emXN7loC8lD2iH7g:1670737259436&source=lnms&tbm=vid&sa=X&ved=2ahUKEwj___Gm7fD7AhXRT2wGHVxiD3wQ_AUoAnoECAEQBA&biw=1920&bih=937&dpr=1#fpstate=ive&vld=cid:8e496f09,vid:YScI0tE_KLY

އެއްބަޔަކު ބުނަނީ މެސީ ނެދަލޭންޑްސްއަށް "މާބޮޑުވަރު ކޮށްފި" ކަމަށެވެ. އެކަމަކު އާޖެންޓީނާ އާއި މެސީގެ ސަޕޯޓަރުން ބުނަނީ މިވަރުން ނޫނީ ނެދަލޭންޑްސްއަށް ފިލާވަޅެއް ނުދެވޭނެ ކަމަށެވެ.

ބެންޗް ދޮށަށް ގޮސް ކުރި ސެލެބްރޭޝަނުން އެކަނި މެސީ ނިންމާލީކީ ނޫނެވެ. މެޗަށްފަހު ނޫސްވެރިންނަށް ބަސްދީގަތުން ދިނުމުގެ ތެރެއިންވެސް އޭނާ ވަނީ ނެދަލޭންޑްސްގެ މީޑިޔާއަށް "ފޮޅާލާފަ" އެވެ.

"މެޗުގެ ކުރިން މާގިނަ ވާހަކަ ދައްކާ މީހުންނާ އަހަރެން ގަޔައެއް ނުވޭ" މެޗަށްފަހު މެސީ ބުންޏެވެ.

އާޖެންޓީނާގެ ފުރަތަމަ ލަނޑު މިލޯނީ ކާމިޔާބު ކުރީ މެސީގެ ތަފާތު މޮޅު ޕާހަކުންނެވެ. އާޖެންޓީނާގެ ދެވަނަ ލަނޑު ޕެނަލްޓީއަކުން މެސީ ކާމިޔާބު ކުރިއިރު ނޮއްޕާޓް ހުރީ ހަރަކާތް ކޮށްލަންވެސް ނޭނގިފައެވެ.

އާޖެންޓީނާ އާއި މެސީ މިވަނީ ނެދަލޭންޑްސް ކޯޗާއި ކުރީގެ ތަރިންނަށް ވަރުގަދަ ފިލާވަޅެއް ދީފައެވެ. ދެން އާޖެންޓީނާއަށް އޮތީ ސެމީފައިނަލުގައި ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.