މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ހުދުސަމާލު ނެރެފިއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މުރޭ 9:00 އަށެވެ. މިއަދު ހަވީރު މެޓު އޮފީހުން ނެރެފައިވާ ހުދުސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނޭ ކަމަށްވެސް މޫސުމާ ބެހޭ އޮފީހުން ބުނެފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.