ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާދެމެދު ހިމެނޭ އަތޮޅުތަކަށް ހުދުސަމާލު ނެރެފިއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ހަވިރު 5:00 އަށެވެ. މެޓު އޮފީހުން ބުނެފައިވަނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނޭ ކަމަށެވެ.

ރާއްޖެއަށް މޫސުން ގޯވެސް ވިއްސާރަވާ ދުވަސްވަރު ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންވެސް ވެފައި އެބަހުއްޓެވެ. އަދި ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގައިި ފުރާނައަށް ނުރައްކާވެފައި ވެސް އެބަހުއްޓެވެ. އެހެންކަމުން ވިއްސާރަދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.