ވައިގެ ކޮލިޓީ ދެނެގަނަން ބޭނުންވާ ދެ ސިސްޓަމެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.

މިސިސްޓަމްތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ތިމާވެއްޓާބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ. ސިސްޓަމްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ އެޗުޑީސީގައި އިއްޔެއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މިއީ ހުޅުމާލޭގައި ބަހައްޓާ ދެ ސިސްޓަމް ކަމަށެވެ.

ސިސްޓަމްތައް ބަހައްޓާނޭ ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ހަވާލިކޮށްފައިވަނީ އެޗުޑީސީއާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޝައުނާއި އެޗުޑީސީގެ މެނޭޖިންޑިރެކްޓަރ އަޙުމަދު އާތިފެވެ. މި ސްޓޭޝަންގެ ހުރިހާކަމެއް ވެސް ބަލަހައްޓަވާނީ އެޗުޑީސީންނެވެ. މި ސްޓޭޝަން ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފިޔަވަހި އެކަކާއި ދޭއްގައެވެ. ފިޔަވަހި އެކެއްގައި ހަދާ ސްޓޭޝަން ގާއިމްކުރާނީ ސެންޓްރަލް ޕާކުގައެވެ.