މުލަކަތޮޅު މުލަކު ކުޑަކުދިންގެ ޕާކު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. މިކަމަށް އެދި ބިޑް ކުރަން ބޭނުންވާ ފަރާތްތަކުން ޑިސެމްބަަރ 13 އާއި 18 އާ ދެމެދު ހެެނދުނު 10:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ. ބިޑުގައި ބައިވެރިވެވޭނީ އެ މުއަދަތުގައި "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށެވެ.

މި މަޝްރޫއާބެހޭ ޕްރީބިޑް މީޓިން އޮންނާނީ ޑިސެމްބަރ 19 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މުލަކު ކައުންސިލުގެ ޖަލްސާ ކުރާމާލަމުގައެވެ، ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މިމަހު 25 ވަނަ ދުވަހުގެ 10:00 ގައި މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހު 18ގެ ކުރިން ކައުންސިލް އިދާރާއަށް ގުޅައިގެން މައުމޫމާތު ސާފުކުރެވޭނެއެވެ.

މުލަކުގެ ކުޑަކުދިންނަށްޓަކައި ޕާކެއް ހެދުމަކީ މުލަކުން ރައްޔިތުން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. މުލަކުގައި ޕާކު ހަދަން ހަމަޖެހިފައިވަނީ ޕްރީސްކޫލާއި ޖެހިގެން އޮންނަ ހުސްބިމުގައެވެ.