ސަރުކާރުން ށ. ނޫމަރާގައިި ފެށުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫއެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ސަރުކާރުން އެރަށުގައި ފެށުމަށް ހަމަޖައްސާފައިވަނީ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢު ކަމަށެވެ. އެ މަސައްކަތުގެ އަމަލީ ބައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިއަދުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 6,347 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ (މެއިންޓެނެންސް ޑްރެޖިންގ) މަސައްކަތާއި، ސަރވޭއިންގ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.