އޮލިމްޕަސް ބަންދު ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ. އެތަަން ބަންދުކުރީ ރާއްޖެއަށް 2020 ވަނަ އަހަރު ދިމާވި ކޮވިޑްގެ ޙާލަތާ ގުޅިގެންނެވެ.

އެތަން އަލުން ހުޅުވުމަށްފަހު 15 ޑިސެމްބަރުން ފެށިގެން އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބާއްވަން އެދޭ ފަރާތްތަކުން އެޑްވާންސް ބުކިންގް ހެދުމަށް މިހާރުވަނީ ފުރުސަތު ހުޅުވައިފައެވެ. އެތަން ބަންދު ކުރިއިރު ފިލްމު ދެއްކުމަށް ބުކްކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް މިކަމުގައި އިސްކަންދެއްވާނޭ ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ވަނީ ބުނެފައެވެ.

އެންސީއޭ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ އޮލިމްޕަސް ބުކް ކުރެވޭނޭ ތާރީޚުތައް ކަނޑައަޅައިފައެވެ. އެގޮތުން، 15 ޖަނަވަރީ 2023 ގެ ތާރީޚުން ފެށިގެން ޕްރެކްޓިސް ރޫމްތައް ބުކް ކުރެވޭނެކަމަށާއި، ހަމަ އެތާރީޚުން ފެށިގެން އޮލިމްޕަސް ހޯލުވެސް ބުކް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.