ޗައިނާގައި ސިއްޙީ ތަކެތި ވިއްކާ އޮންލައިން ހެލްތްކެއާ ޕްލެޓްފޯމަކުން ފައިޒަރއިން ކޯވިޑް 19އަށް އުފައްދާފައިވާ އަނގައިން ދޭ ފަރުވާއެއް ކަމަށްވާ ޕެކްސްލޮވިޑް ވިއްކަން ފަށައިފި އެވެ. މީޑިއާގައި އެ ބޭސް ވިއްކާކަމަށް ބުނެ ރިޕޯޓް ކުރިތާ ބައިގަޑިއިރުގެ ތެރޭގައި ހުރިހައި ބޭސް އެއްކޮށް ވިއްކައި ހުސްވިއެވެ.
އެއިން ދައްކައި ދެނީ ޗައިނާގައި ކޮވިޑްގެ ބޭހަށް އޮތް ޑިމާންޑެވެ.
ކޮވިޑް-19 އަށް ތިން އަހަރު ފަހުން ޗައިނާއިން ގެންގުޅުނު ހަރުކަށި "ޒީރޯ ކޯވިޑް" ސިޔާސަތު އުވާލާފައި ވަނީ މި މަހުގެ ތެރޭގައެވެ.
ކުއްލިއަކަށް ކޯވިޑްގެ ހުރަސްތައް ލުއިވުމުން އާންމުންގެ މެދުގައި ބަލި އާންމުވާން ފެށި، ކްލިނިކްތަކުގެ ބޭރުގައި ދިގު ކިއުތަކެއް އުފެދިފައިވެއެވެ. މިއީ ފަހަކަށް އައިސް ކޮވިޑް ކޭސްތަކުގެ ރަސްމީ އަދަދު ދަށަށް ގޮސްފައިވާ ނަމަވެސް، ޓެސްޓު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ލުއި ދިނުމުން އިތުރު ވެގެން ދިޔަ އިތުރު ވުމެކެވެ.
ޗައިނާގައި ޕެކްސްލޮވިޑް ވިއްކަން ފެށީ ފޮށްޓަކަށް 2،980 ޔުއާން (426.80 ޑޮލަރު) ގެ އަގަށް ކަމަށް ބުނެއެވެ.
އެ އެޕްގައި އޮންނަ ގޮތުން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ނަތީޖާއެއް ހުށަހަޅައިފިނަމަ އެ އެޕް މެދުވެރިކޮށް ބޭސް ގަނެވޭނެއެވެ.