ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކެއް ގައި ބުރާސްފަތި ދުވަހުގެރޭ ހިނގި އަލިފާނުގެހާދިސާގައި އެކަކުގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އެހެން ކަމުން ހާދިސާ ހިނގި ހިސާބުގެ ވަށައިގެންވާ ސަރަހައްދު ބެލުމުގެ މަސައްލަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ގެެއްލިގެން ހޯދަމުންދިޔައީ ދެމީހެއް ކަމަށް އެނގިފައިވެެއެވެ. އެތަނުން އެކަކު މިހާރުވަނީ ފެނިފައެވެ. އެހެންނަމަވެސް ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިތުރުން ސިފައިން ވެސް ދަނީ ކުރަމުން ކަމަށް އެނގިފައިވެއެވެ.

އަލިފާނުގެ ހާދިސާގައި 76 މީހަަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ. އެ މީހުންނަށް ވަނީ ހޮޮސްޕިޓަލް ތަކުގައި ފަރުވާ ދީފައެވެ. މި ހާދިސާއަށްފަހު އެ މުވައްޒަފުންނަށްހުރި މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްވަނީ މުޒާހާރާވެސް ކޮށްފައެވެ. އެދިމާވި މައްސަލަތައް މިހާރުވަނީ ހައްލުވެފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.