ސ. ހިތަދޫ ފަޔަރ ސްޓޭޝަނުން ހިތަދޫ ސްކޫލުގެ ކަބް ސްކައުޓުންނަށް ފަޔަރ ސޭފްޓީ ކުލާހެއް ނަގައިދީފިއެވެ. މި ކުލާސް ނަގައިދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްއިންނެވެ.

ހިތަދޫ ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މި ކުލާހުގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކުގެ މަޢުލޫމާތު ވަނީ ކިޔައިދީފައެވެ. މީގެ އިތުރުން ފަޔަރ ފައިޓަރެއްގެ ޒިންމާއާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެ ސްކޫލުގެ 60 ކަބް ސްކައުޓުން މި ކުލާހުގައި ބައިވެރިވިއެވެ.

މި ކުލާހުގައި މަޢުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނެވެ.