އަންނަ އަހަރު ފަހުކޮޅު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭނޭ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު އެފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ ޕްރައިމަރީ ބާއްވާނީ އަންނަ އަހަރު ޖެނުއަރީމަހު 28 ވަނަދުވަހު ކަމަށެވެ. މި ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން 500 މީހުންގެ ތާއީދު ފޯމާއެކު މިހިނގާ ޑިސެމްބަރ 24 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ޕާޓީގެ އިދާރާއަށް ހުށައެޅުމަށް އެޕާޓީން ވަނީ ބުނެފައެވެ.
ރިޔާސީ ޕްރައިމަރީ 2023 ޓައިމްލައިން:
- 18 ޑިސެމްބަރ 2022– ރިޔާސީ ޕްރައިމަރީ އިއުލާން ކުރުން
- 18 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން
- 24 ޑިސެމްބަރ 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯމް ބަލައިގަތުން
- 26 ޑިސެމްބަރ 2022 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން
- 28 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
- 31 ޑިސެމްބަރ 2022 – ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
- 03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
- 10 ޖެނުއަރީ 2023- ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން
- 15 ޖެނުއަރީ 2023– ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ބަންދުވުން
- 28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް