ޜެން ޗީޝިއާންގއަކީ ޗައިނާ ގައި ނަން ކިޔާލެވޭ މަހުޖަނެކެވެ. ކޮމިއުނިސްޓް ޕާޓީގެ މަތިފަޑީގައި އުޅުނު ނުފޫޒު ގަދަ، ބިމުގެ ވިޔަފާރީގެ ބޮޑު ސާދާގަރެކެވެ. ނަމަވެސް ކޮމިއުނިސްޓް ޕާޓީއާއި ޗައިނާގެ ރައީސަށް ފާޑު ވިދާޅުވުމުން އޭނާގެ ސިޔާސީ ގުޅުންތަކާއި މުދާވެރިކަމުން ފައިދާއެއް ނުކުރިއެވެ.

ބެއިޖިން ގެ ކޯޓަކުން ޜެންއަށް ޙުކުމް ކޮށްފައިވަނީ 18 އަހަރަށް ލުމަށެވެ. އޭނާ ކުށްވެރިކޮށްފައިވަނީ، ކޮރަޕްޝަނާއި ރިޝްވަތް ދިނުމާއި، ރިޝްވަތް ނެގުމާއި، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ނުފޫޒުގެ ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލަތަކުގައެވެ.

އޭނާގެ ސަޕޯޓަރުންނާއި ހަމްދަރުދީވާ މީހުން ބުނެފައިވަނީ އޭނާގެ އަސްލު ކުށަކީ، ކޮމިއުނިސްޓް ޕާޓީއަށާއި ރައީސް ޝީ ޖިންޕިންއަށް ފާޑުކިޔުމެވެ. އޭނާ ރައީސް ސިފަ ކޮށްފައި ވަނީ ޖޯކަރެއްގެ ގޮތުގައެވެ.

މި ހުކުމުން ދައްކައި ދެނީ ކުރީގެ ގާތް ރައްޓެހިންނާއި ކޮމިއުނިސްޓް ޕާޓީއަށް މޫލާފައިވާ މީހުންނާއި އިސް މަސްއޫލުވެރިންނާ މެދު ރައީސް ޝީ ގެންގުޅުއްވާ ހަމަތަކެވެ. އޭނާގެ ސަޕޯޓަރުން ދެކޭ ގޮތުގައި މި ދިގު ޖަލު ހުކުމުން ދައްކައި ދެނީ ރައީސް ޝީއަށް ފާޑުކިޔާ މީހުންނަށް އޮތް އިންޒާރެއްގެ ގޮތުގައެވެ.

ޕާޓީގެ މަސްއޫލުވެރިންގެ ދަރިންވެސް މިއިން އިބްރަތް ލިބިގަންނަން ޖެހޭނެ ކަމަށް ސިޔާސީ ހިމާޔަތުގައި އެމެރިކާގައި އުޅޭ ޗައިނާގެ ސޯޝޮލޮޖިސްޓަކު ބުންޏެވެ.

ރެން އަކީ މިހާރު އުމުރުން 69 އަހަރުގެ އިސް ރައްވެއްސެކެވެ. އޭނާގެ ޖަލު ޙުކުމް ކުރު ނުކޮށްފިނަމަ އޭނާ ޖެހޭނީ އުމުރު ދުވަސް ޖަލުގައި ހޭދަ ކުރާށެވެ.