އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެކޮޅަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ބިލާވަލް ބުއްޓޫ ޒަރުދާރީ ވިދާޅުވި ބަސްފުޅުތަކަކީ ނާތަހުޒީބު ބަސްތަކެއްކަމަށް ވިދާޅުވެ އިންޑިއާއިން ފާޑު ކޔަމުން ދަނިކޮށް، ޕާކިސްތާނުގެ ޕީޕަލްސް ޕާޓީގެ ލީޑަރު ޝާޒިއާ މާރީ ވަނީ އިންޑިއާއަށް ނިއުކްލިއާ ހަމަލައެއް ދީފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޕާކިސްތާންގެ ބޯލް ނިއުސްއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އިންޑިއާ އިން ޕާކިސްތާނުގައި އެޓޮމް ބޮމެއް އޮތްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ޕާކިސްތާންގެ ނިއުކްލިއާ ސްޓޭޓަސް އަކީ ހިމޭނުން ތިބުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭނުން ޖެހިއްޖެ ބޭނުން ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.