ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާދެމެދު ހިމެނޭ އަތޮޅުތަކަށް ހުދުސަމާލު ނެރެފިއެވެ.

އެ ހިސާބުގަނޑަށް ހުދުސަމާލު ނެރެފައިވަނީ މިއަދު މެނދުރު 14:00ން އިރުއޮއްސި 18:00 އާ ހަމައަށެވެ. އެވަގުތުގައި ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގުގުރާނޭ ކަމަށް ވެސް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބު ތަކަށް މޫސުން ގޯސް ވިއްސާރަވާ ދުވަސްވަރެކެވެ. އެހެންކަމުން ވިއްސާރަދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.