ޕިކްނިކް އައިލެންޑެއއްގެ ގޮތުގައި މާލޭ އަތޮޅުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އަންނަ ޖެނުއަރީމަހު ހުޅުވާނޭ ކަމަށް އެޗުޑީސީން ބުނެފިއެވެ.

އެޗުޑީސީން ބުނެފައިވަނީ އަންނަމަހު އެ ރަށްހުޅުވާން ނިންމައިފައިވިޔަސް ހުޅުވާނޭ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށެވެ. އެރަށުގެ މަސައްކަތް ނިންމުމަށްފަހު ކުރިންއޮތި މިއަހަރުގެ މިނިވަންދުވަހު ހުޅުވާ ގޮތަށެވެ. އެހެންނަމަވެސް ތަފާތު ސަބަބުތައް ދިމާވެގެން އެ ދުވަހަށް ހުޅުވޭގޮތެއް ވަނީ ނުވެފައެވެ.

ކުޑަގިރިއަކީ ޕިކްނިކްދާ ފަރާތްތަކަށް ބޭނުންވާނޭ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ރަށެކެވެ. އެގޮތުން ނަމާދުކުރާނޭ މިސްކިތަކާއި، ހަޓްތަކާއި، ފާޚާނާތައް ވެސް ވަނީ ގާއިމްކޮށްފައެވެ.