ފެނަކަކޯޕަރޭޝަނުގެ ފަރާތުން ގދ. ފަރެސްމާތޮޑާއަށް ކޭބަލްތަކެއް ހަދިޔާކޮށްފިއެވެ.

މިއީ އެކުންފުނީގެ ސީ.އެސް.އާރްގެ ދަށުން ހަދިޔާކުރި ކޭބަލްތަކެކެވެ. މި ކޭބަލްތައް ބޭނުންކުރާނީ ފަރެސްމާތޮޑާ ރިންގް ރޯޑް ގައި ޖަހާފައިފާ ލައިޓް ތަކަށް އެޅުމަށް ކަމަށް އެރަށުކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ފެނަކައިން އެރަށަށް އެފަދަ އެހީތެރިކަމެއް ދެއްވީތީ އެރަށުކައުންސިލުން ވަނީ އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރ އަހުމަދު ސަޢީދަށާއި މުވައްޒަފުންނަށް ޝިކުރު އަދާކޮށްފައެވެ.

ފެނަކައިން މިހާރު ގެންދަނީ އެރަށުގައި ޒަމާނީ އިންޖީނުގެއެއް ބިނާކުރުމުގެ މަސައްކަތް ވެެސް ކުރަމުންނެވެ. އިންޖީނުގޭގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.