އެސްޓީއޯގެ 58 ވަނަ އަހަރީ ދުވަހާ ގުޅިގެން އެއްދުވަހުގެ ސޭލެއް މިއަދު އެކުންފުނީން ފަށައިފިއެވެ.

ސޭލް ކުރިޔަށްގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، މަކިޓާ ޝޯރޫމް، އެސްޓީއޯ ކޮންސްޓްރަކްޝަން، އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.

އެއްދުވަހުގެ ސޭލްގައި ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އޭގެތެރެއިން ގުރުއަތުން ހޮވޭ 58 ބޭފުޅަކަށް ގިފްޓް ހެމްޕަރއެއް ލިބިވަޑައިގަންނަވާނޭ ކަމަށް ވެސް އެސްޓޯއޯއިން ބުންޏެވެ.

އެކުންފުނީގެ އަހަރީ ދުވަހާ ގުޅުވައި 2021 ވަނަ އަހަރު ކުރިޔަށް ގެންދިޔަ އެއްދުވަހުގެ ސޭލަށް ވެސް ކަސްޓަމަރުންގެފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ވެސް އެކުންފުނީން ބުންޏެވެ.

'އެސްޓީއޯ އަށުވަންނަ' އަކީ އެސްޓީއޯގެ 58ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިންގޭ ޚާއްސަ ސޯޝަލް މީޑިޔާ ކެމްޕެއިންއެކެވެ. މިކެމްޕެއިން ކުރިއަށްދާނީ 20 ޑިސެމްބަރުވާ އަންގާރަ ދުވަހުން ފެށިގެން އިންސްޓަގްރާމް މެދުވެރިކޮށް 5 ދުވަހު ގެ މުއްދަތަކަށެވެ. މި ކެމްޕެއިން ކުރިއަށް ގެންދާނީ އެސްޓީއޯއާއި 'ސޯސަލް' ގުޅިގެންނެވެ.

މި ކެމްޕެއިންގައި އެސްޓީއޯއާބެހޭގޮތުން ޖުމްލަ 5 ސުވާލެއް ކުރެވޭނެއެވެ. ކޮންމެ ދުވަހަކު ކުރާނީ އެއް ސުވާލެވެ. މި 5 ސުވާލަށް ރަނގަޅު ޖަވާބުދެއްވާ 58 ފަރާތަކަށް އެސްޓީއޯގެ ފަރާތުން ގިފްޓު ހެމްޕާއެއް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. މި ކެމްޕެއިންގައި ބައިވެރިވުމަށް އެސްޓީއޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރެއްވުމަށްފަހު ކޮންމެ ދުވަހަކުވެސް ކުރެވޭ ސުވާލު ގެ ޖަވާބު، ޕޯސްޓަށް ކޮމެންޓް ކުރައްވާނީއެވެ. އަދި 5 ސުވާލަށްފަހު ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދެއްވި ފަރާތްތަކުގެ ތެރެއިން 58 ލަކީ ވިނާސް ހޮވިގެންދާނެއެވެ.