ރައީސް އިބްރާހީމް މުހައްމަދު ސާލީހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޕޭން ކުރެއްވުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސް ސާލިހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ސޯލްޓްރެސްޓޯރެންޓުގައި ރޭ ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ބައިވެރިވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ބައްދަލުވުމުގައި ބައެއް ވަޒީރުންނާއި މަޖިލީސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 28 ގައެވެ. ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލުމާއެކު އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނޭކަން އިއުލާން ކުރައްވައިފައެވެ.