ގދ.ފަރެސްމާތޮޑާގައި ތަރައްގީކުރި ޕިކްނިކް ސަރަހައްދު އާންމުނަށް ހުޅުވައިފިއެވެ.
މިއީ ފެނަކައާއި އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ތަކެތި ފޯރުކޮށްދީގެން އެރަށުގައި ތަރައްގީކޮށްފައިވާ ސަރަހައްދެކެވެ.
ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙުމަދު އިމްތިޔާޒު ވިދާޅުވީ އެ މަސައްކަތް ނިންމައި މިހާރުވަނީ ރަސްމީކޮށް ކައުންސިލާ ވެސް ހަވާލުކޮށްފައި ކަމަށެވެ.
ފަރެސްއަވަށުގައި ތަރައްގީކޮށްފައިވާ މިސަރަހައްދުގައި ހަޓްތަކާއި ބާބަކިއު ގްރިލް އާއި މޭޒާއި ގޮނޑި ބަހައްޓާފައިވެއެވެ. އޭގެ އިތުރުން ފެންވެރޭނޭ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.