އެސްޓީއޯގެ ލާމަސީލު ކޮންމެ މެންބަރަކީ ޤައުމީ ޚިދުމަތުގައި ހުންނަވާ ބޭފުޅެއް ކަމަށް އެކުންފުނީގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

ޢަމްރު މިހެން ވިދާޅުވީ އެކުންފުނީގެ 58 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ވޭތުވެދިޔަ 58 އަހަރު ޚިދުމަތް ކުރެއްވި 6000 އަށް ވުރެ ގިނަ މުވައްޒަފުންނަށް ފޮނުވަން ކުރެއްވި ޓުވީޓެއްގައެވެ.

ޢަމްރުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ މިހާހިސާބަށް ގެންގޮސްދެއްވި ހިންގުންތެރީންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޗެއަރމަނުން ކަމުގައިވި ރައީސް އިބްރާހިމް ނާސިރާއި، ރައީސް ޔާމީނާއި، އަބްދުއްސައްތާރު މޫސާ ދީދީއާއި، އިލްޔާސް އިބްރާހިމާއި، އަހްމަދު މުޖްތަބާއި، އަބްދުއްރަޝީދު ހުސައިނާއި، ހުސައިން ޝަރީފާއި، އަހްމަދު މުހައްމަދާއި، ފާރޫޤް އުމަރާއި، އަބްދުއްﷲ ފާއިޒާއި، އަހްމަދު ނިޔާޒާއި، ހުސައިން ސާލިމް މުހައްމަދާއި، ހާމިދު ނަޝީދަށް ވެސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އޭގެ އިތުރުން މެނޭޖިން ޑިރެކްޓަރުން ކަމުގައިވި މުހައްމަދު ހުސައިން މަނިކާއި، ޝާހިދު އަލީއާއި، އާދަމް އާޒިމާއި، އަހްމަދު ޝަހީރަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ވެސް ޢަމްރު ވިދާޅުވެފައިވެއެވެ.

"އަޅުގަޑުގެ އުންމީދަކީ އެސްޓީއޯގެ މި ބާރު ދުވެލީގައި ދަތުރު ކުރިޔަށްދިޔުން އަދި ދުޢާއަކީ ހުރިހާ ބެފުޅުންނަށް އުފާ ފާގަތިކަމާ ކުރިއެރުން،" ޢަމްރު ވިދާޅުވެފައިވެއެވެ. މިއަދަކީ އެސްޓީއޯގެ އަހަރީ ދުވަހެވެ. މިއަދާ ގުޅިގެން އެކުންފުނީން ވަނީ އެއްދުވަހުގެ ސޭލެއް ބައްވައިފައެވެ. އޭގެ އިތުރުން ދުވަހާ ގުޅޭ ހަރަކާތްތަކެއް ވެސް ވަނީ ބާއްވައިފައެވެ.