ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާއިން، އިއުލާންކޮށްފިއެވެ. މި ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ފުރުސަތު އޮތީ މާދަމާއިންފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 19 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
މި ދަފްތަރުގައި މިހާރު ރަޖިސްޓްރީވެފައިވާ އާއިލާތަކުން އަލުން ރަޖިސްޓްރީވާން ފޯމު ހުށަހަޅަން ނުޖެހޭނެކަމާއި، ނަމަވެސް އެ އާއިލާތަކުގެ ތެރެއިން އަންނަ އަހަރުގެ ޖަނަވަރީއަށް އަށާރަ އަހަރު ނުވަތަ 65 އަހަރު ފުރޭ މީހަކު ހިމެނޭ އާއިލާތަކުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ފޯމު ހުށަހަޅަން ޖެހޭނެކަމަށް އެ އިއުލާނުގައިވެއެވެ.
އަލިފުށީ ކައުންސިލުން ވިދާޅުވީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު އިއްޔެއިން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:00 އަށް އެ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެކަމަށެވެ. އަދި ފޯމު ބަލައިގަތުމުގެ މަސައްކަތްވެސް މާދަމާއިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ ނަވާރަ ވަނަ ދުވަހުގެ 13:00 އާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ އެ ކައުންސިލްގެ އިދާރާގައި ކުރިއަށް ދާނެއެވެ.