ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު ހަސަން ސަޢީދެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެޑް އޮފް ހިއުމަން ރިސޯސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒް އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޮއިމަންޓް މެނޭޖްމަންޓް ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ފަސްދޮޅަސް ފުލުހުން ހުވާކޮށް ހުވާގެ އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ އަންހެން ފުލުހުންނާއި ސަތާރަ ފިރިހެން ފުލުހުންނެވެ. އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ބާރަ އަންހެން ފުލުހުންނާއި 22 ފިރިހެން ފުލުހުންނެވެ.