މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާރޓް ނެރެފިއެވެ. މެޓް އޮފީހުން ވައިޓް އެލާޓު ނެރުނީ ކ. އަތޮޅުން ފެށިގެން ގއ. އަތޮޅާ ހަމައަށެވެ.

އެލާޓު ނެރެފައިވަނީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ.

އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަަމަށާއި ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ހަފްތާގައި ރާއްޖޭގެ ހުރިހާ ސަރަހައްދަށް ވިއްސާރަ ކުރާނެކަމަށްވެސް މެޓުން ވަނީ ވިދާޅުވެފައިވެެއެވެ.

މި ދުވަސް ވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށް ވުމުން މޫސުމަށް ސަމާލުވެގެން ދަތުރު ރޭވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.