ކޯޓުގައި މިއަދު ފަށަންއޮތް ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ފަށަން ހަމަޖެހިފައިވާ ގަޑިއަށް ނުފެށިފައިވާތީ އެކަމާ ކަންބޮޑުވާކަމަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމުން ބުނެފިއެވެ.

ރައީސް ޔާމީނަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައިވާ ކެންޑިޑޭޓެވެ. "ރައީސް ޔާމީންގެ ޝަރީއަތް ލަސްވަމުންދާތީ ކަންބޮޑުވޭ. ފަނޑިޔާރު މިވަގުތު އެވަނީ ރަހީންކޮށްފައި. މިހާރުން މިހާރަށް ޝަރީއަތް ފެށުމަށް ގޮވާލަން،" ޕީޕީއެމުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީއަތް ފަށަން އޮތް ވަގުތަށްވުރެ ދެ ގަޑިއިރު މީހާރުވަނީ ލަސްވެފައެވެ.

މިއަދަކީ ރައީސް ޔާމީނަށް ހުކުމްކުރަން ކަނޑައަޅާފައިވާ ދުވަހެވެ. އެކަމާ ގުޅިގެެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ކޯޓު ދޮށަށް އެއްވެފައެވެ.