އެމެރިކާގެ ރިއާސީ އިންތިޚާބަށް ނުފޫޒު ފޯރުވާ އެފްބީ ޕޭޖްތަކެއް އެފްބީން ބާލައިފިއެވެ. މި ޕޭޖްތަކަކީ، ޗައިނާއިން ހަދައިގެން ބޭނުން ކުރަމުން ދިޔަ ޕޭޖްތަކެކެވެ.
ޗައިނާއިން އޮޕަރޭޓް ކުރި މި ޕޭޖްތަކުގެ މަގްސަދަކީ ޗައިނާގެ ރައީސް ޓްރަމްޕަށް އެމެރިކާގެ ރިއާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށާއި ކޮށްދިނުމުގެ މަގްސަދުގައި އުފައްދައި ބޭނުން ކުރަމުން ދިޔަ ޕޭޖްތަކެކެވެ.
މި ޕޭޖްތަކަކީ ޗައިނާ ސަރުކާރާ ގުޅުން ހުރި ޕޭޖްތަކެއް ނޫނެނެވެ.
އެމެރިކާގެ ޖާސޫސީ ދާއިރާގެ ފަރާތްތަކުން ބުނާ ގޮތުގައި 2016 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގައި ރަޝިޔާއިން ނުފޫޒު ފޯރުވި ގޮތަށް ގަދަކޮށް ޗައިނާއިން އެމެރިކާގެ ރިއާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.
ފޭސްބުކްގެ ސަމާލުކަމަށް އައިސްފައިވާ ޗައިނާއިން އޮޕަރޭޓް ކުރި މި ފޭކް ޕޭޖްތަކަކީ، އެމެރިކާއާއި ފިލިޕީންސްގެ ސިޔާސީކަންތައްތަކާއި ދެކުނު ޗައިނަ ކަނޑުގައި ޗައިނާއިން ހިންގާ ސިޔާސީ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ޕޭޖްތަކެކެވެ.
ފޭސްބުކްއިން ބުނިގޮތުގައި ޗައިނާއިން އޮޕަރޭޓް ކުރާ މިއީ، ސައްހަ ޕޭޖްތަކެއް ނޫންކަމުގައި މި ޕޭޖްތައް ބާލަނީ ކަމުގައެވެ.
އެމެރިކާގައި ހުންނަ ޗައިނާ އެމްބެސެޑަރވެސް ވަނީ ޗައިނާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވެފައެވެ.
ފޭސްބުކްގެ ސަމާލުކަމަށް މި ޕޭޖްތައް އައުމުން އެމެރިކާގެ ޖާސޫސީ ފަރާތްތަކާ މި ވާހަކަތައް އެފަރާތުން ހިއްސާ ކުރިއެވެ.
ޗައިނާގައި ފަށާފައިވާ މި ޕޭޖްތަކުން އުފެދުނު ނެޓްވަރކްގައި 133 ހާސް ފޮލޯވަރުން ތިބި ކަމަށާއި މިއަށް އެމެރިކާގައި މާބޮޑު ސަމާލުކަމެއް ލިބިފައި ނުވާ ކަމަށް އެފްބީން ބުންޏެވެ. މި ޕޭޖްތައް ފޮލޯކުރީ އެމެރިކާގެ 3000 އެކައުންޓަކުންނެވެ.
އެމެރިކާގެ ޖާސޫސީ ފަރާރްތަކުން ހޯދާފައިވާ މަޢްލޫމާތުން އެނގެނީ ޗައިނާ ސަރުކާރުން ބޭނުންވަނީ ބައިޑެންއަށް ރިއާސީ އިންތިޚާބު ކާމިޔާބު ވާށެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މިކަމަށް ނުފޫޒު ފޯރުވުމަށް އަދި މަސައްކަތެއް ކޮށްފައެއް ނުވެއެވެ.