މާލޭ ސިޓީ ކައުންސިލުން ޤްރުއާން މުބާރާތެއް ބާއްވަން ހަމަޖައްސައިފިއެވެ. މި މުބާރާތަކީ 1444 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. ކައުންސިލުން ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
މި މުބާރާތް ބަހައިލެވިފައިވަނީ ދެ ގޮތްޕަކަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 6 އުމުރުފުރާ ހިމެނެއެވެ.
މި މުބާރާތުގައި ބަހައިލެވިފައިވާ އުމުރުފުރާ ތަކަކީ:
- 6 އަހަރުން ދަށް
- 9 އަހަރުން ދަށް
- 11 އަހަރުން ދަށް
- 13 އަހަރުން ދަށް
- 16އަހަރުން ދަށް
- 19 އަހަރުންދަށް
އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ އަންނަ އަހަރުގެ ޖަނަވަރީ އެކަކަށް ދަރިވަރަށް ފުރޭ އަހަރަށެވެ. މިއަދު ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައިވަނީ މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވާކަމަށެވެ. އަދި އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެކަމަށާއި، ކޮންމެ އުމުރުފުރާއަކުން، ވަނަތައް ހޮވާނެކަމަށްވެސް އިއުލާނުގައި ވެއެވެ.
މި ކައުންސިލުން ވިދާޅުވީ މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިން ކަމަށެވެ. އަދި އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވޭނެކަމަށެވެ.
މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
- ކޮންމެ އުމުރުފުރާއަކުން 1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/6000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- ކޮންމެ ގޮތްޕަކުން 1 ވަނަ -/25000ރ ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. މީގެ އިތުރަށް އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެކަމަށްވެސް އެ ކައުންސިލްގެ އިއުލާނުގައިވެއެވެ.
މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ބަލައިގަންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 20 އެވެ.