ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 98 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލާގައި ހަތް މީހަކަށް 10 ދައުވާ އުފުލައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެކުނުގެ ބޮޑު ނެޓްވޯކެއް ކަމަށާއި ހެކިންނަށް ތިބީ ފުލުހުން ކަމަށެވެ.

އަދި ކޯޓުން އަވަސް ޝަރީއަތެއް ހިންގަވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ހިތަދޫ ކޯޓަށެވެ.

ހައްޔަރުކުރި މީހުންނަށް އުފުލި ދައުވާތައް:

1. ‎އަބްދުﷲ އިބްރާހީމް (އަބުޗާ) ސ. ހިތަދޫ/ފިނިފަރު

- ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ.

- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 2 ދައުވާ

2. ‎މުހައްމަދު ޔާމިން ނަސީރު ސ. ހިތަދޫ/ކޯޅި:

- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 2 ދައުވާ

3. ‎އަބްދުﷲ ސައީދު ސ. ހިތަދޫ/ވައިޓްރޯސް:

- ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ.

4. ‎ހުސައިން ސިމާހު ސ. ހިތަދޫ/މަންދޫބުގެ:

- ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ.

5. ‎ހަސަން އާމިރު ސ. ހިތަދޫ/ފިނިފަރު:

- ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ.

6. ‎ރުޝާން އަހްމަދުދީދީ ސ. ހިތަދޫ/މަންދޫބުގެ:

- މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އެހީވެދިނުމުގެ ދައުވާ.

7. ‎ހޫދު ލަތީފް ސ. ހިތަދޫ/ބްލޫބާޑް:

- މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އެހީވެދިނުމުގެ ދައުވާ.