މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފ. އަތޮޅު ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފަައިވާ މި މައްސަލައާ ގުޅިގެން ހޯދަން ފުލުހުން އިއުލާން ކޮށްފައިވަނީ ގދ. ތިނަދޫ / ވެސްޓްޕްލޯއިރު، އަޙްމަދު ސަލީމް (41އ) އެވެ، އޭނާ ހޯދަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެން ކަމުން ވައްކަމުގެ މި މައްސަލައިގެ ތަހުގީގަށް އަންނަ ޖަނަވަރި 4 ވަަނަ ދުވަހު 10:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގައި އިއުލާން ކޮށްފައެވެ.