މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި "ފޭކު" މެސެޖުތަކެއް ބަޔަކު ފޮނުވަމުންދާ ކަަމަށް މާލޭ ސިޓީކައުން ސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނެފައިވަނީ އެއީ އެއްވެސްް އަސްލެއް ނެތް މެސެޖުތަކެއް ކަމަށެވެ. އެމެސެޖުތައް ރާއްޖޭގެ އެކިއެކި ނޫސްވެރިންނަށް ފޮނުވަމުން އަންނަ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މިފަދަ ކަންކަމަށް ސަމާލު ވުމަށާއި އެފަދަ މެސެޖެއް އެއްވެސް މީހަކަށް ލިބިއްޖެނަމަ ލަސްނުކޮށް އޭގެ ހަގީހަތް އޮޅުންފިލުވުމަށް މޭޔަރަށް އަންގަވައި ދެއްވުމަށް އެމަނިކުފާނ އެދިވަޑައިގެންފައިވާ ކަަމަށް ސިޓީކައުންސިލުން ބުނެފައިވެ.

އަސްލެއްނެތް މިފަދަ މެސެޖްތައް ދައުރުން ކުރުން ރާއްޖޭގައި އަންނަނީ އިތުރު ވަމުންކަން ފާހަގަވެފައިވާކަމަށް ވެސް ސިޓީކައުންސިލުން ބުނެފައިވެެއެވެ. މޭޔަރުގެ ނަމުގައި ދައުރުވަމުން އަންނަނީ ކޮންކަހަލަ މެސެޖުތަކެއް ކަމެއް ކައުންސިލުން ބުނެފައެއް ނުވެއެވެ.