އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފިއެވެ. އެ ޕާޓީން މިހާރުވަނީ ތިން ބޭފުޅެއްގެ މައްޗަށް އެކުލެވޭ ޝަކުވާ ކޮމިޓީއެއް ވެސް އުފައްދައިފައެވެ.

އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  1. އަޙްމަދު އަބްދުﷲ އަފީފް
  2. އަފްޝަން ލަތީފް
  3. މުހައްމަދު ހާޝިމް

އެމްޑީޕީން މިއަދު ބުނެފައިވަނީ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކޮމިޓީއަށް ހުށައެޅުމަށެވެ. ޖެނުއަރީ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.

ޕްރައިމަރީގެ ކަންކަން ބެލުމަށްވެސް އެމްޑީޕީން ވަނީ ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފައެވެ.