ސަރުކާރުން 33.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ލ. ގަން ތުނޑީގައި ތަރައްގީ ކުރަމުންއަންނަ ބަނދަރު މަޝްރޫއުގެ ދަށުން ރޭމްޕް ހެދުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ

އެކުންފުނީން މިއަދު ބުނީ އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޖެޓީއާއި ބްރިޖު ފޫޓިންގ ގެ ކާސްޓިންގ މަސައްކަތްތައް ކަމަށެވެ. އެމަސައްކަތައް ވެސް ވަރަށް އަވަހަށް ނިންމާލެވޭނޭ ކަމަށް އެކުންފުނީން އުންމީދު ކުރެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • ބްރިޖެއް އެޅުން
  • މަގުބައްތި ހަރުކުރުން، ހިމެނެއެވެ.