ސްޓެލްކޯއިން ތިން ރަށެއްގައި ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަޝްވަރާ ކޮށްފިއެވެ. އެ ތިން ރަށަކީ އއ. އަތޮޅު ފެރިދޫ، މާޅޮސް އަދި ހިމަންދޫ އެވެ.

އެރަށްރަށުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީ އާ ބައްދަލުކުރައްވައި މިކަންކަމަށް މަޝްވަރާ ކުރެއްވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރެވެ. އޭނާ އެރަށްރަށް ވަޑައިގެންނެވީ އިއްޔެއެވެ.

"މިކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު މިއަދު (އިއްޔެ) ވަނީ އއ. އަތޮޅުގެ ފެރިދޫ، މާޅޮސް އަދި ހިމަންދޫއަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި، ޑަބްލިއުޑީސީ އާއި ބައްދަލުކުރައްވާ މިކުންފުނިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރައްވާފައި،" ސްޓެލްކޯއިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއަކީ ޔުޓިލިޓީ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުން ގެންދާ ކުންފުންޏެކެވެ. އެކުންފުނީން މަސައްކަތް ކުރަމުން ގެންދަނީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސް ޚިދުމަތެއް ދިނުމަށެވެ.