ބަންގްލަދޭޝްގެ ވެރިރަށުގެ ފުޔރަތަމަ މެޓްރޯ ރޭލްގެ ހިދުމަތް ބޮޑު ވަޒީރު ޝެއިޚު ހަސީނާ ފަށްޓަވައި ދެއްވައިފިއެވެ. އެލެވޭޓެޑް ރޭލު ނެޓްވޯކް ތަރައްގީ ކުރަމުން އަންނަތާ ގާތްގަނޑަކަށް ދިހަ އަހަރު ވެފައިވެއެވެ. މި މެޓްރޯ އިތުރަށް ތަރައްގީ ކޮށް 2030 ވަނަ އަހަރުގެ ނިޔަލަށް 100 އަށް ވުރެ ގިނަ ސްޓޭޝަން ހިމަނައި ހަ ލައިނަކަށް ފުޅާކޮށް ވެރިރަށް ޑާކާގެ ތޮއްޖެހުން ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި މެޓްރޯގެ ޚިދުމަތް ފެށިފައ ވަނީ މުއްސަނދިން ދިރިއުޅޭ ހިސާބަނުން ޑާކާގެ ސިޓީ ސެންޓަރަށެވެ. މިއީ މެޓްރޯގެ ފުރަތަމަ ބައެވެ.
2.8 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ބިނާކުރި މެޓްރޯގެ ބޮޑު ބައެއް ފަންޑް ކުރީ ޖަޕާނުގެ ޑިވެލޮޕްމަންޓް ފަންޑުން ނެވެ.