އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު އެޕާޓީން އާންމުކޮށްފިއެވެ.

ލިސްޓް އާންމު ކުރުމަށްފަހު އެޕާޓީން ބުނެފައިވަނީ ލިސްޓާ މެދު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ހުޅުވިފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 1 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އެ ފުރުޞަތު ހުޅުވިފައިވާ ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ. މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 57،000 އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަނީ 28 ޖެނުއަރީ 2023 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރަންް ބޭނުންވާ އެޕާޓީގެ މެމްބަރުންނަށް ހުުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވީ ޕާޓީގެ އެންމެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.