ޕާކިސްތާނުގެ ޕާލަމެންޓްގެ ރައީސް ރާޖާ ޕަރްވޭޒް އަޝްރަފް ވަނީ އިދިކޮޅު ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ޕާލަމެންޓްގެ މެންބަރުންގެ ގަނޑުކޮށް ދީފައިވާ އިސްތިއުފާ ބަލައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ ކޮންމެ މެމްބަރަކު ވެސް ވަކިވަކިން އިސްތިއުފާ ދިނުމަށް އަންނަން ޖެހޭނެ ކަމަށެވެ.
ޕާލަމެންޓްގެ ގަވާއިދާ އެއްގޮތަށް އެމީހުންގެ އިސްތިއުފާ ޔަގީން ކުރުމަށް އަމިއްލަ އަތުން އިސްތިއުފާ ދިނުމަކީ ގަވާއިދާ އެއްގޮތް ކަމެއްކަމަށްވެސް ދަ ނިއުސް އިންޓަނޭޝަނަލް އިން ބުނެފައިވެއެވެ.
ޕާކިސްތާނުގެ ކުރީގެ ޕާލަމެންޓްގެ ރައީސް އައްސަދު ޤައިސަރު އިސްކޮށް ހުންނަވައިގެން ޕީޓީއައިގެ ވަފުދެއް ވަނީ ބުރާސްފަތި ދުވަހު ޕާލަމެންޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ރާޖާ ޕަރްވޭޒް އަޝްރަފް އާއެކު މަޝްވަރާތައް ބާއްވާފައެވެ.
ޕާކިސްތާނުގެ ގައުމީ މަޖިލީހުގެ ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ ޑެޕިއުޓީ ސްޕީކަރު ޤާސިމް ޚާން ސޫރީ އާއި ޕީޓީއައިގެ ޗީފް ވިޕް މާލިކް އަމީރު ދޮގާރާއި ބައިވެރިވެ ވަޑައިގެންނެވިއެވެ. ޕާކިސްތާންގެ އިދިކޮޅު މެމްބަރުން އިސްތިއުފާ ދެނީ އިމްރާން ޚާންގެ ގޮވާލެއްވުމަށެވެ.