ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ޗައިނާގެ ޝީ ޖިންޕިންގް ބައިވެރިވެވަޑައިގަތް ވީޑިއޯ ކޮންފަރެންސަށް އެމެރިކާއިން ރައްދު ދިފިއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ޗައިނާ ރަޝިޔާއާ ޚިޔާލު އެއްގޮތް ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ފައެވެ. އަދި ރަޝިޔާގެ މަސްލަހަތު ނެގެއްޓުމުގައި ސަމާލު ވުމަށް އެމެރިކާއިން ވަނީ ޗައިނާއަށް އިންޒާރު ދީފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ ބެއިޖިން އިން ވަކި ފަރާތަކަށް ނުޖެހި އޮންނަ ކަމަށް ދައުވާ ކުރި ނަމަވެސް ރަޝިޔާއާ ގާތް ގުޅުމެއް ބާއްވަން ޝައުގުވެރިވާކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި ވޮޝިންޓަނުން "ބެއިޖިންގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ" ކަމަށްވެސް ބުނެފައި ވެއެވެ.
ޗައިނާއާއި ރަޝިޔާގެ ގުޅުންތަކަށް ޚާއްސަ ދިރާސާވެރިއެއް ކަމަށްވާ އެލެގްޒެންޑަރ ގަބޯވްއާ ހަވާލާދީ ވޮޝިންޓަން ޕޯސްޓްގައި ބުނެފައިވަނީ ރަޝިޔާއާއި ޗައިނާގެ ޕާޓްނާޝިޕަކީ ހަމަހަމަ ޕާޓްނާޝިޕެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޗައިނާއަށް ގިނަ ބަދަލުތައް އަންނަމުންދާއިރު ރަޝިޔާގެ ރައީސަށް ކަންކަން ނިންމެވުމާއި ކުރިއަށް ދިއުމުގައި ގފިނަ ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ.
ޕޫޓިންގެ ވީޑިއޯ ކޮންފަރެންސް ސަމިޓްގައި އެދިވަޑައިގަތީ ހުޅަނގުގެ ފިއްތުން ތަކާ ކުރިމަތިލުމަށް މަސައްކަތް ކުރެއްވުމަށާއި ރަޝިޔާއަށް އަސްކަރީ އެހީވެ ދެއްވުމަށެވެ. އަދި ދުނިޔޭގެ އިންސާފުވެރި ނިޒާމަކަށްވެސް އޭނާ ގޮވާލެއްވިއެވެ.
ޕޫޓިން ވަނީ 2023ގެ ރަބީޢު މޫސުމުގައި ޝީ މޮސްކޯއަށް ވަޑައިގަތުމަށްވެސް ދައުވަތު ދެއްވާފައެވެ.