އެމެރިކާގެ ބިލިއަނަރު އެލޮން މަސްކު ކިތަންމެ މުއްސަނދި މީހަކަށްވިނަމަވެސް އޭނާއަށް ނަފްސުގެ ހިތްހަމަޖެހުން ފައިސާއަށް ނުގަނެވޭބެ ކަން އެމެރިކާގެ މުސްލިމުންގެ ޖަމުއިއްޔާއިން ހަނދާން ކޮށްދީފިއެވެ. އަދި ހިތް ހަމަޖެހުން ބޭނުން ނަމަ އިސްލާމް ދީނާ ބެހޭ މައުލޫމާތު ހޯދުމަށް އައުމަށް އޭނާއަށް އެމެރިކާގެ މުސްލިމުންގެ ޖަމުއިއްޔާއިން ވަނީ ދައުވަތު ދީފައެވެ.

މަހާސާދާގަރު މަސްކަކީ މީހުންގެ ސަމާލުކަން ހޯދުމަށް ޚިޔާލު ތަފާތުވުން އުފައްދާ ޒާތުގެ ވާހަކަތައް މަޖާޒީގޮތްގޮތަށް ޓުއިޓާއަށް ފާއްދާލުމުގައި މަޝްހުރު މީހެކެވެ.

އޭނާ ކޮށްފައިވާ އެމެރިކާގެ މުސްލިމުން ހިތްހަމަ ނުޖެހުނު ޓުއީޓަކީ އެއްޖިންސުން ގުޅުންބާއްވާ މީހުންގެ ޝިއާރާއި ކޮމިއުނިސްޓުންގެ ޝިއާރާއި އެނޫން އެތައް ފަރާތެއްގެ ރަމްޒާއި ލޯގޯ ބޭނުންކޮށްގެން އޭނާ ކުރި ޓުއީޓަކާ ގުޅިގެންނެވެ. އޭގައި މުސްލިމުން ރަމުގެ ގޮތުގައި ބޭނުންކުރާ ހަނދުފަޅި ބޭނުން ކޮށްފައި ނުއްޓެވެ. މަސްކު ބުނީ އަހަރެން މިހިރީ ސިކުނޑި ދޮވެވިފައެއް ނޫން ކަމަށެވެ.

ހައިރާން ވާ ކަމަކީ ޔަހޫދީންނާއި ހިންދީންގެ ޝިއާރު މަސްމަށް ބޭނުން ކުރަން ނުކެރުނު ކަމެވެ!

މަސްކަށް ރައްދު ދެއްވަމުން އެމެރިކާގެ މުސްލިމުންގެ ޖަމުއިއްޔާގެ ރައީސް އިބްރާހީމް ހޫޕަރ ސިފަ ކުރެއްވީ މަސްކުގެ ޓުއީޓަކީ އިސްލާމޯފޯބިއާގެ ޓުއީޓެއް ކަމަށެވެ.

ކެއަރ އަކީ މުސްލިމުންނާއި އިސްލާމް ދީނާ ބެހުމުން ވަގުތުން ރައްދުދީ އިސްލާމީ ސަގާފަތާއި އިސްލާމް ދީނާ ބެހޭ މައުލޫމާތު ދިނުމަށް މަސައްކަތް ކުރާ އުތުރު އެމެރިކާގެ މުސްލިމުންގެ އިއްތިހާދެކެވެ.