ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރުގެ އެންމެފަހުގެ މައުލޫމާތު އެމަސައްކަތްކުރާ އެމްޓީސީސީން ދީފިއެވެ. އެމްޓީސީސީން ބުނީ އެމަޝްރޫގެ ދަށުން ފައުންޑޭޝަން ބީމާއި ކޮލަމް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

އެއިމާރާތު ފުރާޅުގެ ބީމް މަސައްކަތްތަކުގެ 81 ޕަސެންޓް ވެސް މިހާރު ނިމިފައިވާ ކަމށް އެކުންފުނީން ބުނެފައިވެއެވެ. މިއީ 5.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މިމަސައްކަތް އެމްޓީސީސީއާ ސަރުކާރުންް ހަވާލުކުރީ ހަވާލުކުރީ 150 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މަޝްރޫއުގެ އަމަލީ މަސައކްަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރ މަހުގައެވެ.

މިއީ ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކުރުމަށްފަހު އަލުން މުޖުތަމައުއަށަ ނެރުމަށް ތައްޔާރުކުރުމަށް ބޭނުންވާ އެކި ޕްރޮގްރާމްތައްއ އެކުދިންނަށް ހިންގުމަށް އިމާރާތްކުރާ ތަނެކެވެ.