މާލެ ތެރޭގައި ޤަވާއިދާއި ޚިލާފަށް ޕެލެޓުތައް ނުބެހެއްޓުމަށް މާލޭސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ. ސިތީ ކައުންސިލުން ވިދާޅުވެފައިވަނީ ގަވާއިދާ ޚިލާފަށް މާލެތެރޭގައި ބަހައްޓާފައިވާ ޕެލެޓުތައް ނަގާނޭ ކަމަށެވެ. އެމަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

މާލޭ ސިޓީކައުންސިލުން މިހާރުވަނީ މާލެއާއި ވިލިމާލޭގެ އާންމު ތަންތަން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެމަސައްކަތަށް ބޭނުންވާ މީހުންގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ނަގައި މަސައްކަތް ފަަށައިފިއެވެ. އެ މަސައްކަތަށް ވިލިމާލެއިން ވަނީ 28 މުވައްޒަފުން ނަގައިފައެވެ. މާލެއިން ނަގައިފައިވަނީ 80 މުވައްޒަފުންނެވެ. އެހެންނަމަވެސް މާލެއަށް 120 މުވައްޒަފުން ބޭނުންވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެ އަދަދު ވަރަށް އަވަހަށް ހަމަކޮށް ފުލްޓީމާއެކު މަސައްކަތް ފެށިގެންދާނޭ ކަމަށް ވެސް ކައުންސިލުންވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިތުރުން ވެމްކޯއިން ވެސް މާލޭ ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދެއެވެ.