ރ. އަތޮޅު ހުޅުދުއްފާރު ބޮޑުތަކުރުފާނު މަގުގައި ސްޓޯރމް ވޯޓަރ އެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް އެމަސައްކަތް ކުރަމުން އަންނަ ރޯޑުޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އެކުންފުނީން މިއަދު ބުނެފައިވަނީ އެ މަގުގައި ކާރބްސްޓޯން ޖެހުމުގެ އިތުރުން ކީވޯލް އެޅުމާއި ދުވާރު އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ. އޭގެ އިތުރުން ޖަމީލް މަގުގައި ސްޓޯރމް ވޯޓާރ އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންްނަ ކަމަށް އެކުންފުނީން ބުނެފައިވެއެވެ.
ހުޅުދުއްފާރުގެ އިތުރުން ތ. ތިމަރަފުށި މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށު އެއަރޕޯޓަށްދާން އޮންނަ މަގުގައި ތާރު އެޅުމުގެ މަސައްކަތް ވެސް އާރްޑީސީއިން ވަނީ ފަށައިފައެވެ.