ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާއިން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކޮށްފިއެވެ.

އެމަނިކުފާނު ހައްޔަރު ކުރުމުން މާލޭސިޓީ ކައުންސިލުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަޔާނެއް ވެސް ނެރެފައެވެ. ސިޓީކައުންސިލުން ވިދާޅުވެފައިވަނީ ޑރ. މުުއިއްޒު ހައްޔަރުކުރީ އެމަނިކުފާނުގެ ބާރާއި އަޑު ކަނޑުވާލަން ކަމަށެވެ. ސިޓީ ކައުންސިލުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ޑރ. މުއިއްޒު ހައްޔަރު ކުރީ ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމާ ޚިލާފަށް ކަމަށެވެ. އޭގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ މިނިވަަންކަން ހަނިވެެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޑރ. މުއިއްޒަކީ މާލޭ ސިޓީގެ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކޮށްފައިވާ މޭޔަރެކެވެ. ރައްޔިތުންގެ މަންދޫބެއްގައި ގޮތުގައި ހުންނަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މޭޔަރު ގެންދިއުކީ އެމަނިކުފާނުގެ ބާރާއި އަޑު ކަނޑުވާލުމަށް ކުރެއްވި ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

މޭޔަރު ހައްޔަރު ކުރުމަކީ ޑިމްކްރަސީގެ ވެއްޓެއްގައި ކަން ހިނގަންވާނޭ ގޮތެއް ނޫންކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެހެން ކަމުން ވަގުތުން ވަގުތަށް މޭޔަރު ދޫކޮށްލުމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެއެވެ.

ސިލްސިލާކޮށް މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގައި ގޮވާލަމުން ގެންދަނީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށެވެ. އެމަނިކުފާނަށް 11 އަހަރުގެ ޖަލުހުކުމެއް ކުރި ހިސާނުން ފެށިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީޕީއެމް/ޕީއެންސީގެ މެމްބަރުވަނީ މަގުތަކަށް ނުކުމެ ޔާމީން މިނިވަން ކުރުމަށް ގޮވާލަން ފަށައިފައެވެ.