ދުނިޔޭގެ އާ ނިޒާމާއި ޔޫކްރޭން ހަނގުރާމައާއި ޗައިނާގެ ގޮންޖެހުމާ ބެހޭ ގޮތުން ޔޫރަޕްގެ ގައުމުތަކަށް ލަފާދެއްވަމުން ބައިނަލްއަގްވާމީ ނިޒާމު މިހާރު ބަދަލުވަމުންދާ ގޮތް ދެނެގަތުމަށް ހޭލުންތެރިކަމެއް ބޭނުންވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއެވެ.

އޮސްޓްރިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ދިރިއުޅުމުގެ އުނދަގޫ ކަންތައްތަކަށް އަބަދުވެސް އެހެން މީހުން އަޅާލާފައި ނުވާކަން ދަނެގުމަށް ޔޫރަޕުގެ މީހުންނަށް ހޭލުންތެރިކަމެއް ބޭނުންވާ ކަމަށާއި އެއް ބާރަކުން މުޅި ދުނިޔެއަށް ވެރިވެގެންފިނަމަ، ދުނިޔޭގެ އެއްވެސް ސަރަހައްދެއްގައި ހަމަޖެހުން ނޯންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ 2008 ވަނަ އަހަރުގެ މާލީ ދަތިކަމުގެ ތެރޭގައި ޔޫރަޕުން ދުނިޔެއާ މެދު އެކަހެރި އަމިއްލަ ސަލާމަތުގެ ފިޔަވަޅުތަކެއް އެޅި ކަމަށެވެ.

ޖަޔަޝަންކަރު ވިދާޅުވީ އެހުރިހައި ކަމަކާއެކުވެސް ޔޫރަޕުން ބޭނުންވީ އަމިއްލަ ސަރަހައްދުގައި ބަނދެވިގެން އަމއިްލަ ތަރައްގީއަށް މަސައްކަތް ކޮށް ބައިނަލްއަގްވާމީ މައްސަލަތައް ވީހާވެސް ބޮޑަކަށް ޔޫރަޕާ ދުރުގައި ބެހެއްޓުމަށެވެ. ޔޫރަޕުން ވިޔަފާރިއަށް ސަމާލުކަންދީ ދުނިޔޭގެ ޖަމުއިއްޔާތަކަށް ބާރުއަޅައި، މޫސުމަށް އަންނަ ބަދަލުތައް ފަދަ މައްސަލަތަކުގައި ދުނިޔެ ބައްޓަން ކުރުމަށް އިގްތިސާދީ ނުފޫޒު ބޭނުންކުރީ ޔޫރަޕްގެ އަމިއްލަ ޝަރުތުތަކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ސަލާމަތީ މައްސަލަތަކުގައި ޔޫރަޕުން ބައިވެރިވާން ބޭނުން ނުވިކަމަށްވެސް ޖަޔަޝަންކަރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާރުތައް ބެހުމުގެ އޮނިގަނޑަށް އައިސްފައިވާ ބޮޑު ބަދަލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖައިޝަންކަރު އެމެރިކާގެ މިސާލު ދެއްކެވިއެވެ. އޭނާ ވިދާޅުވީ ސިޔާސަތގައި ތަފާތުތަކެއް ހުރި ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ޑޮނަލްޑް ޓްރަމްޕް ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެމެރިކާއަށް ކުރިން އަދާ ކުރި ދައުރު ދެނެއް ދުނިޔެއަކު އަދައެއް ނުކުރެވޭނެ ކަމަށެވެ.

"ޖަޔަޝަބްކަރު ވިދާޅުވީ ދުނިޔެ މިހާރުވެސް މިއޮތީީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އަދި ދުނިޔޭގެ އާ ނިޒާމަށް ހޭނުމަަށް ގިނަ ވަގުތު ނަގާނެއެވެ. ސަބަބަކީ މިއަންނަ ބަދަލަކީ ބޮޑު ބަދަލެއް ކަމަށާއި އެމެރިކާ މީހުންނަށް އެކަން އިޙުސާސްވެގެން އިންޑިއާ ފަދަ ގައުމެއްގެ އެއްބައިވުމާއި އެއްބާރުލުން ހޯދަން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.