ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް މިރޭ އޮންނާނެއެވެ. ޖަލްސާ އޮންނާނީ އެމްޑީޕީގެ މައި ހަރުގޭގައެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސްގެ ކެމްޕެއިން ޓީމުން ވިދާޅުވީ މިރޭގެ ޖަަލްސާ ފެށޭނެ ގަޑި އަކީ 21:00 ގައި ކަމަށެވެ.

އެމްޑީޕީއިން ޕްރައިމެރީ ކެމްޕެއިން ފެއްޓި ފަހުން، މިހާތަަނަށް ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި ރައީސް ސާލިހު ބައިވެރިވެވަޑައިއެއް ނުގަންނައެވެ. އެހެންކަމުން މިރޭ މި ބާއްވާ ޖަލްސާ އަކީ އެމަނުކުފާނު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސްގެ ކެމްޕެއިނަކީ ޣައިރު ހާޒިރުގައި ކުރާ ކެމްޕެއިނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމަނިކުފާނު އެހެން ވިދާޅުވީ، ކެމްޕެއިންގައި ރައީސް އަމަލީގޮތުން ނުފެންނާތީއެވެ. އަދި ހަމައެއާކު އާންމުންނާ ހަމައަށް ވަޑައިގެން އާންމުންނާ ބައްދަލު ނުކުރައްވާ ނަމަ، ރައީސަކީ ސިޔާސީ ލީޑަރެއްގެ ގޮތުގައި ދިވެހިން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެފައެވެ.

އެމްޑީޕީއިން ޕްރައިމެރީގައި އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖްލިސްގެ ރައީސް މުހައްދު ނަޝީދެވެ.